ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ 6.7 މިލިއަން ރުފިޔާގެ މި ތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި ޝިޕްމަންޓެއް ބަލައިފާސްކުރުމަށް މިއަދު ފަތިހު، އެ އިދާރާއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.5 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، 2.1 ކިލޯގެ މެތަމްފެޓަމިން، އެއް ކިލޯގެ ކެޓަމިން އަދި 301 ގްރާމުގެ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. މި ތަކެތީގެ މަގުމަތީ އަގު، ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު ޑްރަގު ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.