މާލޭގެ ގެސްޓު ހައުސްއެއްގެ ވައިގޮޅިއަކަށް ވެއްޓުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ހާދިސާ މައުލޫމާތު ލިބުނީ ރޭ 2:55 ކަންހާ އިރު ކަމަށެވެ.
އަދި އެ މައުލޫމާތު ލިބުމާއެކު ވެއްޓިފައި އޮތް މީހާ ނަގައިގެން ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެ ހާދިސާގެ އިތުުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

