ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުންނަށް ނިސްބަތްކޮށް އިދިކޮޅު އެމްޑީޕީން ދޮގު ވާހަކަ ފެތުރުމާ ގުޅިގެންނެވެ.

ރައީސް ވަހީދު ވިދާޅުވީ، ސިޔާސީ ހިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

ސިޔާސީ މީހުންގެ އާއިލާތަކަށް ހަމަލާ ދިނުމަކީ ސިޔާސީ ސަގާފަތުގެ ތެރެއިން ފަހަކަށް އައިސް ރާއްޖޭގައިވެސް އާންމުވެފައިވާ ކަމެއް ކަމަށާއި، މިއީ އެކަން ހުއްޓާލަންވީ ވަގުތުކަމަށްވެސް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރައީސް ޑރ. މުއިއްޒުގެ އާއިލާއަށް ނިސްބަތްކުރައްވާ ފަތުރަމުންދާ ދޮގު ވާހަކަތައް ކުށްވެރިކުރައްވާފައެވެ.

ރައީސް ޑރ. ވަހީދުގެ އިތުރުން ވަރަށް ގިނަ ބަޔަކު ދަނީ އެމްޑީޕީގެ އަމަލު ކުށްވެރިކޮށް ޝުއޫރު ފާޅު ކުރަމުންނެވެ.