ފަސްދޮޅަސް ހަ ރަށެއްގެ ކުނި މެނޭޖުމެންޓް ސެންޓަރުތައް އަޕްގްރޭޑް ކުރުމާއި އަށް ރަށުގައި މުޅިން އަލަށް ކުނި މެނޭޖުމަންޓް ސެންޓަރުތައް ހަދަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

”މަގޭ ސާފު ރާއްޖެ ޕްރޮގްރާމްގެ“ ގެ ތެރެއިން 75 ރަށެއްގައި ކުނި މެނޭޖުމަންޓް ސެންޓަރުތައް ހެދުމާއި އަޕްގްރޭޑްކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަންއާއެވެ.

 

 

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިދިޔަ ހަފުތާގައި ވަނީ 35 ރަށެއްގައި ކުނި މެނޭޖުމަންޓް ސެންޓަރުތައް ހެދުމާއި އަޕްގްރޭޑްކުރަން ހަވާލުކޮށްފައިވާ ކަމަށެވެ.

އެއާއެކު ޖުމްލަ 109 ރަށެއްގައި ކުނި މެނޭޖުމަންޓް ސެންޓަރުތައް ހެދުމާއި އަޕްގްރޭޑްކުރަން ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އެ 109 ރަށް ފިޔަވައި ދެން ހުރި ރަށްތަކުގައި ފާއިތުވި އަހަރުތަކުގައި އެ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ކުނި މެނޭޖުމަންޓް ފެސިލިޓީތައް ގާއިމްކޮށްފައިވާ ކަމަށެވެ.