ދިވެހީން އާއްމުކޮށް ކެއުމުގައި ބޭނުންކުރާ މުރަނގަތޮޅިން ސިއްހީ އެތައް ފައިދާތަކެއް ލިއްބައިދެއެވެ. އެކި ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ މި ތަރުކާރީން ލިބޭ ބައެއް ފައިދާތަކަށް ބަލައިލާނަމެވެ.

މުރަނގަތޮޅީގައި ވިޓަމިން ބީ12 އާއި ވިޓަމިން ސީ ގިނަ މިންވަރަކަށް ހުރެއެވެ.

ވިޓަމިން ސީ ހުންނަ މިންވަރު އިތުރު ވުމުން، ހުން އައިސް ކަރުގައި ރިއްސާ ނަމަ މި ތަރުކާރީ އިން ސޫޕް ތައްޔާރުކޮށްގެން ބުއިމަކީ އެދެވިގެންވާ ކަމެކެވެ.

މުރަނގަތޮޅީގައި ކެލްސިއަމް، އަޔަން، ޒިންކް އަދި ސެލިނިއަމް ވެސް ހިމެނެއެވެ.

އެހެންވެ، ގިނައިން މުރަނގަތޮޅި ކެއުމަކީ ކަށި ވަރުގަދަކޮށްދީ، ލޭ ސާފުކޮށްދޭނެ ކަމެކެވެ.

މުރަނގަތޮޅީގައި ހުންނަ އެންޓި ބެކްޓީރިއަލް މާއްދާގެ ސަބަބުން ކަރު ތެރެއާއި، ފުއްޕާމޭ އަދި ހަމަށް ދިމާވާ އިންފެކްޝަންތަކުން ދުރުކޮށްދެއެވެ.

މުރަނގަތޮޅި ކެއުމުގެ ސަބަބުން ލޮލުގެ ރެޓިނާގައި އުފެދޭ ވިހަ މާއްދާތައް ނައްތާލައި ލޮލުގެ ފެނުން ވެސް އިތުރުކޮށްދެއެވެ.

ގަވާއިދުން މުރަނގަތޮޅި އާއި މުރަނގަ ފަތް ބޭނުން ކުރާނަމަ ކެންސަރު ޖެހުމުގެ ފުރުސަތު 80 އިންސައްތަ ކުޑަކޮށްދޭ ކަމަށް ސިއްހީ މައުލޫމާތު ގެނެސްދޭ ލިޔުންތަކުގައިވެއެވެ.

އަދި އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށް ވެފައި ތިބި އަންހެނުން ގިނައިން މުރަނގަތޮޅި ބޭނުން ކުރުމަކީ ރަނގަޅު ކަމެކެވެ.