”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޭ ފްލެޓްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ މިއަދުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައިވާތީ ކަމަށެވެ.
އެހެންވެ ފްލެޓު ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 15 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭ ކަމަށް ކަނޑައަޅައިފައި ވަނީ 1،820 މީހަކަށެވެ.
އެއީ ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވާ 1،423 މީހުންނާއި ދެ ކޮޓަރީގެ ލިސްޓުގައިވާ 1،218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓް ލިބުނު 397 މީހުންނެވެ.

