ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓިއުނީޝިއާގެ މިނިވަންދުވަހުގެ މުނާސަބާގައި ތަހުނިޔާ ފޮނުއްވައިފިއެވެ.
މި މުނާސަބަތުގައި ރައީސް ވަނީ، އެ ގައުމުގެ ރައީސް، ގައިސް ސައީދާއި ބޮޑުވަޒީރު ކަމާލް މަދަވްވަރީއަށް ވަކިވަކިން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
އެގޮތުން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި ރައީސް ވަނީ އެ ދެ ބޭފުޅުންނަށް ދުޅަހެޔޮ ސިއްހަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެންފައެވެ.
އަދި ޓިއުނީޝިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
ޓިއުނީޝިއާއަށް މިނިވަންކަން ލިބުނީ 1956 ގެ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ.

