ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުއާއާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މިބަރަކާތްތެރި ރޭ ތަކުގެ ހެޔޮ ދަރުމައާއި ޘަވާބު އަޅަމެންނަށް ދެއްވުމަށާއި ފާފަ ފުއްސެވުމާއި ދިންނެވުން ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައެވެ.
މިމައްސަރުގައި ލައްވާފައިވާ ބަރަކާތްތެރި ލައިލަތުލްޤަދުރިވިލޭރޭގެ މަތިވެރި ނިއުމަތް އަޅަމެން އެންމެނަށް މިންވަރުކުރެއްވުން އެދިވެސް ވަނީ ދުއާކުރައްވާފައެވެ.
ރައީސް މުއިއްޒު ވަނީ ފަހު ދިހައިގެ ބަރަކާތް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ފަސޭހަ ވާނޭހެން ސަރުކާރުގެ މުވައްޒަފުންނަށް ފަހު ދިހައެއް ބަންދު ދުވަސްތަކެއްކަމުގައި ހަމަޖައްސަވާފައެވެ.

