މިއަދު ފާހަގަކުރާ ޕާކިސްތާނުގެ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް މުއިއްޒު ވަނީ ޕާކިސްތާނުގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި ޕާކިސްތަނުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފަށް ފޮނުއްވައިފައެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރަން ތައްޔާރަށް އޮތް ކަމަށެވެ.

ރައީސްގެ މެސެޖު ނިންމާލެއްވީ ޕާކިސްތާނުގެ ރައްޔިތުންނަށް ފާގަތިކަމާއި ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑަންނަވަމުންނެވެ.