ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ރ. ރަސްމާދޫއަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ޖިންސީ ފުރައްސާރަ ކުރުމާއި މާރާމާރީގެ ތުހުމަތެވެ.
ނަމަވެސް އޭގެ އިތުރު އެއްވެސް ތަފްސީލެއް ބަންދު އަމުރުގައި ބުނެފައެއް ނުވެއެވެ.

