އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަމްޒަމް ކޮމްޕެނީގެ ހަވާލުގައި އުމްރާއަށް ދިޔަ، ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސައީދާ މިރޭގެ ވަގުތެއްގައި މައްކާގައި ނިޔާވެފައިވާ ކަމަށެވެ.
އަދި އެކަން އެ ކުންފުނީގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

