މި އަހަރުގެ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.

މިއީ ފާއިތުވި ހަތަރު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއްކަން ފާހަގަކުރެވެއެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގައި މި މުއްދަތުގައި ލިބިފައިވަނީ 3-4 މިލިޔަން ރުފިޔާއެވެ.

ޒަކާތު ހައުސްއިން ވަނީ ފިތުރު ޒަކާތް ދެއްކުމަށް ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
އެގޮތުން ދިރާގު، އުރީދޫ، އެމްފައިސާ، އެމްއައިބީ، ބީއެމްއެލް، ފަހިޕޭ އަދި ބަނޑޭރި ޕޭ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެއެވެ.
މީގެ އިތުރުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އަދި ރަށްރަށުގައި ކައުންސިލްތައް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ދެއްކޭނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދެއްކޭނެ އަގުތައް ކަނޑައަޅާފައިވާއިރު، އާދައިގެ ހަނޑޫ 12 ރުފިޔާއިން ފެށިގެން އެންމެ މޮޅު ބާސްމަތީ ހަނޑޫ 133 ރުފިޔާއާ ހަމައަށް ހުރި އަގުތަކެއްގައި ޒަކާތް ދެއްކޭނެއެވެ.

އަދި މިމަހުގެ 22 އިން 27 އަށް އިސްކަންދަރު ސްކޫލުގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަނެވޭނެއެވެ.