މި މަހާއި އަންނަ މަހުގެ ތެރޭގައި 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތްތައް ފެށިގެންދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވަވައިފިއެވެ.

ރައީސް މިކަން ހާމަކުރައްވައިފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެއްޓެވި ’ރައްޔިތުންނާ އެކު‘ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ހުއްޓިފައި ހުރި މަޝްރޫއުތަކާއި އަލަށް ފަށައި މަޝްރޫއުތަކާ އެކު މި މަހާއި އަންނަ މަހުގެ ތެރޭގައި 550 އަށްވުރެ ގިނަ މަޝްރޫއުގެ ފެށޭނެ ކަމަށެވެ.

”ފަހު 10ގެ ތެރޭގައި ވެސް އަޅުގަނޑުމެން މި ދަނީ މަސައްކަތްކުރަމުން. އެހެންވީމާ ވަރަށް ބާރަށް ރަށްރަށުގެ މަސައްކަތް ހިނގަމުން ދާނީ،“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވެސް ވަނީ މި އަހަރާއި އަންނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ހިނގައި، ވައުދުތައް ވެސް ފުއްދައިދެއްވާނެ ދެ އަހަރު ކަމަށް ވިދާޅުވެފައެވެ.

މި ފަހުން މި ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ސަރުކާރު ކުންފުނިތަކަކާ އެކު ވަނީ ސޮއިކޮށްފައެވެ.