އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބެއިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގެ ކަލާފާނު ހިނގުމުން ސައިކަލުގައި ދުއްވަފައިދިޔަ މީހެއްގެ ގަޔަށް އެހެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ގއ. ދާންދޫ / ސުލްޓަން ވިލާ، އަހްމަދު ރިޝްމާހު (20 އަހަރު)އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށެވެ.

