މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނާގޮތުގައި، އެ ޖަލްސާ އޮންނާނީ މިރޭ 8:00 ގައެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. ކަލަންޑަރުގައި ވެސް ފިތުރު އީދަށް ވަނީ ހޯމަ ދުވަހެވެ.

ނަމަވެސް ފަލަކީ އިލްމުގައި ފާހަގަކޮށްލެވޭ،  ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ މާދަމާ އީދަށްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.