ހުޅުމާލޭގެ މިސްކިތެއްގައި އީދު ނަމާދަށް އިމާމަށް ގަޑިއަށް ނާދެވުމުން އޭނާއަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.

މިއަދު ހުޅުމާލޭގެ އަޒީޒާ މިސްކިތުގައި އީދު ނަމާދު ފެށީ ނަމާދު ވަގުތު ޖެހި ހަތް ވަރަކަށް މިނެޓު ފަހުންނެވެ. އީދު ނަމާދުގެ ވަގުތަކީ 7:00 އެވެ.

ޝަހީމް ވިދާޅުވީ، ނަމާދު ކުރުމަށް ކަނޑައަޅާފައިވާ އިމާމާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ މީހާ ވެސް މިއަދު މިސްކިތަށް ހާޒިރު ނުވާ ކަމަށެވެ.

އެހެންވެ އިމާމުގެ މައްސަލަ އުސޫލުގެ ތެރެއިން ބަލައި، ފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިޔުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، އިމާމުގެ ބަދަލުގައި ހަމަ ޖައްސާފައިވަނީ އެ މިސްކިތަށް ކަނޑައަޅާފައި ހުންނަ އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި، ޖަމާއަތަށް ހާޒިރު ނުވުމުން އެ މައްސަލަ ވެސް ވަކިން ބަލައި، އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް އަންގާފައިވާނެއެވެ.