ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މިގައުމު ދެކޭނެ އެންމެ އޯގާތެރި ރައީސް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްފޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

އީދުގެ މުނާސަބާގައި ސަރުކާރުން ހިންގި ހަރަކާތްތަކަށް ލިބުނު ތަރުހީބާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާމާއި އީދު ހަވީރުން ވަރަށް ގިނަ ވާހަކަތަކެއް ބުނެދީފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވީ މި ގައުމުގެ ވީރާނާވެ ގެއްލިފައިވާ އިޖްތިމާއީ އެއްބައިވަންތަކަމާއި ގައުމީ ލޯބި އަނބުރާ ގެނެސްދެވޭނެ ރައީސަކީ ރައީސް މުއިއްޒުކަން މިއަދު ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

އަދި އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްޔިތުން ސަޅި ޖަވާބެއް ދީފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ މި ގައުމު ދެކޭނެ މި ގައުމަށް އެންމެ އަމާނާތްތެރި އެންމެ އޯގާތެރި ރައީސަކީ ރައީސް މުއިއްޒު ކަމަށެވެ.

ފިތުރު އީދާ ގުޅިގެން ބާއްވާ ”އީދު ހަވީރު“ މިއަދާއި މާދަމާ ވެސް އޮންނާނެއެވެ.