މިހިނގާ ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު މޯލްޑިވްސް އިމިގްރޭޝަނުގެ ހިދުމަތްތައް ދޭނެ ގަޑިތައް އާއްމުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު އިމުގާ ޕޯޓަލް މެދުވެރިކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޕާސްޕޯޓް ހެއްދުމަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.
މީގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި ހާއްސަ ހާލަތްތައް ދިމާވެފައިވާ މީހުންނަށް އޮންލައިންކޮށާއި، އިމިގްރޭޝަނަށް ގޮސްގެން ހިދުމަތް ހޯދޭނޭކަމަށް އެއިދާރާއިން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ އެފަދަ ހާލަތްތަކުގައި ވާ މީހުންނަށް ހިދުމަތްދިނުމަށް ހެނދުނު 09:15 އިން މެންދުރު 12 ޖެހުމާއަމަޔަށް އިމިގްރޭޝަން ހުޅުވާފައި ހުންނާނެ ކަމަށެވެ.
އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރުމަށް ކިބީ މެދުވެރިކޮށް ހެނދުނު 09:15 އިން މެންދުރު 12 ޖެހުމާހަމަޔަށް ނަމްބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން އެއިދާރާއިން ވަނީ މިދުވަސްތަކުގައި އެންފޯސްމަންޓް އެންޑް ކޮމްޕްލައިން ޑިވިޝަނާއި، ސީޕޯޓްގެ ހިދުމަތްވެސް ދޭނެ ގަޑިތައް އާއްމުކޮށްފައެވެ.
އިމިގްރޭޝަނުން ބުނީ މެޑިކަލް ކަމެއްގައި އެމަޖެންސީކޮށް 9555333 އަށް ގުޅުމުން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

