މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ މުހިންމުކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އިމާމުން ފިގުހުވެރިވުމާއި ގުޅޭގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ޝަހީމް ވަނީ މިކަމުގެ ބައެއް މިސާލުތައް ހިއްސާކޮށްދެއްވާފައެވެ.
އޭގެ ތެރޭގައި ޢީދު ނަމާދު ފަދަ ގަޑިއަށް ފަށަން ޖެހޭ ނަމާދުތައް، އެވަގުތު ޖެހުމުން ތެދުވެ ފެށުމުގެ ބަދަލުގައި ވަގުތު އޮށްވައި ތެދުވެ ސަފުތައް ތަރުތީބުކުރުން ހިމެނެއެވެ.
މީގެ އިތުރުން ފަރުޟު ނަމާދުކުރާއިރު އިމާމުން ސަމާލުކަން ދޭންވީ ކަންކަން މިނިސްޓަރުގެ ޕޯސްޓުގައި ހިއްސާކޮށްދެއްވިއެވެ.
މީގެ ތެރޭގައި، ޖަމާޢަތް ބޮޑުވާރަރަކަށް ކުރުކޮށް ކިޔެވުމާއި ކުޑަކުދިން ރޯ އަޑުއީވޭނަމަ ނަމާދު އަވަސް ކުރުން ފާހަގަކުރެއްވިއެވެ.
އަދި ކައިރީގައި މިސްކިތްތަކާއި ގެތައް ތިބޭނަމަ، ނަމާދު ކުރާ ވަގުތު ތާޅަފިލި ޖައްސަައިގެން ނަމާދުކުރުމަކީ ކައިރީގައި ތިބި މިސްކިތްތަކާއި ގެތަކުގައި އުޅޭ ފަރާތްތަކަށް އުނދަގޫވާނެ ކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

