މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާ ވެސް ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ އަށް އައިޝަތު ނަޝާޔާ، 30، އެވެ.
އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަ؛ލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.
ނަޝާޔާގެ ބަންދު އަމުރުގައިވާ ގޮތުން އެނަ އަކީ އޭނާ ކުރިން ވެސް ކުށުގެ ރެކޯޑް އޮތް އަދި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.
މިފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ އަންހެނުން އިތުރުވަމުންދާ އިރު، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 14 ކިލޯ މަސްތުވާތަކެއްޗާ އެކު 23 އަހަރުގެ އަންހެނަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

