މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވައިލައިފިއެވެ.
ރައީސް އޮފީހުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން ހުސްވެފައިވާ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން، މި މަހުގެ 15ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ބްރޯޑްކޮމްގެ މެންބަރަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުމާއ ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
އަދި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރު އަދި ކުށާއި ދަރަނީގެ ރެކޯޑުގެ އިތުރުން ކުރިމަތިލާ ފަރާތުގެ ވަނަވަރު ރައީސް އޮފީިހަށް ހުށަހެޅުމަށް އެދިފައިވެއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުން މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމުންނެވެ.

