ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު އިސްތިއުފާދެއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްވެރި ސިނާއަތުގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުންމީދުގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން މިއަދުން ފެށިގެން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.
ޝާފިއު އަކީ މަސްވެރިންގެ ޖަމްއިއްޔާ އުފައްދައި އެ ޖަމިއްޔާ މެދުވެރިކޮށް މަސްވެރިންގެ އަޑު އުފުއްލެވި ބޭފުޅެކެވެ.
އޭނާ އަކީ ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

