ހދ. ހަނިމާދޫގައި އިމާރާތް ކުރަމުންގެންދާ މިސްކިތް ނިންމުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 7،933 އަކަ މީޓަރުގެ ސަރަހައްދެއްގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަސައްކަތް ނިންމުމަށް 360 ދުވަސް ދީފައިވާ މި މަޝްރޫއުގެ އަގަކީ 9.44 މިލިޔަން ރުފިޔާއެވެ.
އެމްޓީސީސީން ބުނީ ހަނިމާދޫއަކީ 2645 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވެފައި، ދިވެހިންނަކީ ދީނީ ކަންކަމަށް ސަމާލުކަންދޭ ބަޔަކަށްވާ އިރު، ނަމާދުކުރެވޭނެ ރަނގަޅު ފެންވަރުގެ މިސްކިތެއް ރަށްތަކުގައި އިމާރާތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

