ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ދޮށީގެ މަސްވެރިކަމަށް ހާއްސަ ކަނދުފަތި އަޅައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި ކަނދުފަތިތައް އަޅައިފައިވަނީ ކ އަތޮޅާއި ނ އަތޮޅުގައި ކަމަށެވެ.
ކަނޑުފައްޗަކީ އެއް ދިމާލަކަށް މަސްޖަމާވާ ގޮތަށް ކަނޑަށް ފައްތާފައި އޮންނަ ބޮއެކެވެ.
އެކި ސަރަހައްދުތަކުގައި ކަނދުފަތި އެޅުމުގެ މަސައްކަތުގެ ތެރެއިން، ނ. މާފަރުގެ އިރުން 9.5 މޭލު ބޭރުންނާއި، ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައި ކަނދުފަތި އަޅައިފައިވެއެވެ.
އަދި ކޮންމެ ކަނދުފައްޗަކަށްވެސް ހާއްސަ ނަންބަރެއް ދީފައިވެއެވެ.

