އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހިގެންކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވާފައިދިޔަ ސ. ފޭދޫ އުލްފަތުގޭ އުމުރުން 36 އަހަރުގެ އިބްރާހިމް ސިޔާދަށް އަނިޔާވެގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ގދ. ފިޔޯރީއަށް ނިސްބަތްވާ، އުމުރުން 23 އަހަރުގެ މުހައްމަދު މާހިލް މުމްތާޒް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ހާދިސަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މީގެއިތުރުން، ރޭގެ ވަގުތެއްގައި ލ. ލިންކު ރޯޑުގައިވެސް ސައިކަލެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ނިޔާވެފައެވެ.