ޏ. ފުވައްމުލަކު ސިޓީގައި ކޮންސްޓަރްކަޝަން ސައިޓެއްގައި މަސައްކަތް ކުރަން ހުރި މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ނިޔާވީ ރ. އަލިފުށީ، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން (27) ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓާ ހަބަރު ހުސްވެގެންކަމަށާއި މޫނު މައްޗަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.