މިއީ އިންޑިއާގެ އުއްތަރު ޕްރަދޭޝް(ޔޫޕީ)ގެ އުމުރުން 40 އަހަރުގެ ފިރިހެނަކަށް ދިމާވި ކަމެކެވެ. އޭނާގެ އަނބިމީހާ ގެއްލިގެން ހޯދަމުންދަނިކޮށް، އޭނާއަށް އަނބިމީހާ ފެނުނީ، އިންޑިއާގެ އާގްރާ ސިޓީގައި ހުންނަ މަޝްހޫރު ބިނާ، ތާޖު މަހަލް ބަލަން ގޮސް އުޅެނިކޮށެވެ.

ވަޓްސްއެޕް ވީޑިއޯއަކުން ގެއްލުނު އަންހެނުން ފެނުނުއިރު، އޭނާ ތާޖު މަހަލް ބަލަން ގޮސް އުޅުނީ އެހެން ފިރިހެނަކާއެކުގައިކަން ވެސް އެ ފިރިހެންމީހާއަށް އެނގުނެވެ.

މި މަހުގެ 15 ވަނަ ދުވަހު ޝާކިރު ގެއަށް އައީ އޭނާގެ އާއިލާގެ މީހެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ގޮސްފައެވެ. ގެއަށް އެނބުރި އައިއިރު، ގެ ވަނީ ތަޅުލައިފައެވެ. އަނބިމީހާ އަންޖުމްއާއި އޭނާގެ ހަތަރު ދަރިންގެ ހިލަމެއް ނެތެވެ.

އަވަށްޓެރިން އޭނާއަށް ޚަބަރު ދިނީ، އަންޖުމް ދަރިންނާއެކު، ގޭގައި ހުރި އަގުހުރި ސާމާނާއެކު ފިލީ ކަމަށެވެ.

މިކަން ޝާކިރަށް ކަށަވަރުވީ، ތިމާގެ މީހަކަށް ވަޓްސްއެޕް ސްޓޭޓަސް ވީޑިއޯއަކުން އަންޖުމް ފެނުމުންނެވެ.

”ޓައިމްސް އޮފް އިންޑިއާ“ގައި ބުނެފައިވާ ގޮތުގައި، އާގްރާގެ ފުލުހުން އަންނަނީ އަންޖުމްއާއި އޭނާއާ އެއްކޮށް އުޅުނު ފިރިހެންމީހާ ވެސް ހޯދަމުންނެވެ.

 

 

ީ