ތުރުކީގެ ވެރިރަށް އިސްތަންބޫލް ސިޓީއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

ތުރުކީގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، މި ބާރު ގަދަ ބިންހެލުމާއެކު އެ ޕްރޮވިންސްގެ އެކި ކަންކޮޅުތަކަށް އިމަޖެންސީ ޓީމްތައް ފޮނުވަމުން އެބަދެއެވެ.

އިންޓީރިއާ މިނިސްޓަރު ޔަރްލިކާޔާ ވިދާޅުވީ އިމަޖެންސީ ޓީމުތަކުން ގެއްލުންތައް މޮނިޓަރ ކުރަން ފަށާފައިވާ ކަމަށެވެ.

ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް ޕްރެޒިޑެންސީ (އޭއެފްއޭޑީ) އިން ބުނި ގޮތުގައި 6.92 ކިލޯމީޓަރު އަޑިން އައި މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ ސިލިވަރީ މުނިސިޕަލްޓީގެ އައްސޭރިފަށުންނެވެ.

ތުރުކީވިލާތަށް 2023 ވަނަ އަހަރު އައި ސިލްސިލާ ބިންހެލުމުގައި 55،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އެ ބިންހެލުންތަކުން ލިބުނު ގެއްލުމުން އަދިވެސް އަރައިނުގަނެވެއެވެ.