ރ. ދުވާފަރުގައި މޯލްޑިވްސް އިމިގްރޭޝަން އިން ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅޭ 51 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އެކްސް ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ދުވާފަރުގައި އިއްޔެ ޓާސްކް ފޯހުން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ދުވާފަރު ކައުންސިލްގެ އެއްބާރުލުމާއެކު ހެނދުނު 8:00 އިން ހަވީރު 5:45 އަށް ކުރިއަށް ގެންދެވުނު ރެއިޑު އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށް އިިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެއެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުން ހިމެނެއެވެ.
