ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މަަގާމުގެ އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ގަބޫލުފުޅު ކުރައްވައިފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ދެންމެ ވިދާޅުވީ، ޝުޖާއު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅުއްވައިފައިވާ ކަމަށެވެ.

ޝުޖާއު ސީޕީގެ މަގާމުން އިސްތިއުފާ ދެއްވިއިރު، މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ކިޔާ ޒުވާނަކު ވެއްޓުނު މައްސަލަ ވަނީ ފެންމަތިވެފައެވެ.

 

(ތަފްސީލު އަންނަނީ…)