ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ސިރިލް މަޓަމެލަ ރަމަފޯސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޤައުމުގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެއުއެދުންތައް އަރިސްކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ދެކުނު އެފްރިކާގެ ރައީސަށް ސަލާމަތް ސިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.