ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގދ. ގައްދޫއަށް ނިސްބަތްވާ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މި މީހާ ހޯދަމުން ދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ނަމަވެސް މިއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ހޯދާ މީހެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ރަޖީނާގެ / ގދ.ގައްދޫ، އުމުރުން 36 އަހަރުގެ އިބްރާހީމް ނިޔާޒުއެވެ.
ފުލުހުން އެދެނީ މީނާގެ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

