ގިނަ ދާއިރާތަކުން ދާއިރާއަކުން މެލޭޝިއާއާ ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން އެއްބަސްވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ވިޔަފާރި، ފަތުރުވެރިކަން، ތައުލީމީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު، އިސްލާމިކް ބޭންކިން، އެންޓި ކޮރަޕްޝަން ކޮމިޝަން، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި މަޝްވަރާތަކަށް ފަހު ދެ ގައުމުން ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އޭގެތެރޭގައި ފަރުވެރިކަމުގެ ދާއިރާއާއި، ކުޅިވަރު އަދި ސިއްހީ ދާއިރާ އާއިދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ޑިޕްލޮމެޓިކް ތަމްރީނު ދިނުމާ ގުޅޭ އެއްބަސްވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، މި ސަރަހައްދުތަކުގެ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތައް މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެތެރޭގައި، މިޔަންމާގެ ހާލަތާއި އިޒްރޭލާ ފަލަސްތީނު މައްސަލަ އަދި އެމެރިކާއިން ޓެރިފް ބޮޑުކުރުމުން ދިމާވެދާނެ ގޮންޖެހުންތައް ވަނީ މަޝްވަރާ ކުރައްވާފައެވެ.