ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ މި ބިދޭސީން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކަމަށެވެ.
އެއީ މާލޭގެ ހީނާމާގެ ޕާކިން ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު މި އޮޕަރޭޝަންގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

