ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވިފަހުން، 118 ރަށެއްގައި، އެ އަދަދަށް ރައްޔިތުންގެ ބައްދަލުވުން ބާއްވަވައިފިއެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަވައި، މި މައުލޫމާތު ހިއްސާ ކުރައްވަމުން ރައީީސް ވިދާޅުވީ، 118 ރަށަކަށް ވަޑައިގެންނެވުމުގެ އިތުރުން ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލާ ރަށު ކައުންސިލުތައް ހިމެނޭގޮތަށް 199 ކައުންސިލާ އެމަނިކުފާނު ބައްދަލުކުރައްވައިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ކަންތައްތައް ކުރަމުންދަނީ ރައްޔިތުން ކައިރިއަށް ގޮސް، ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ.

”އެ ރައްޔިތުން ނުގެންނަން މާލެއަށް އަޅުގަނޑެއް، އަޅުގަނޑަށް ކަމުދާ ސްޓައިލްއެއް ނޫން އެއީކީއެއް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކައުންސިލު ބައްދަލުވުންތަކުގައި ވެސް، ރަށްތަކަށް ބޭނުންވާ ކަންކަން ސާފު ކުރައްވައިފައިވާނެ ކަމަށެވެ.