ދ. ވާނީ ފުލުހުންގެ ޓްރެއިނިންގ ސެންޓަރުގައި ތަމްރީނު ހަދަމުންދިޔަ ފުލުހުގެއްގެ ހާލު ގޯސްވެގެން، މާލެ ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.
ހާލުދެރަވެ ފަރުވާދޭން ފަށާފައިވަނީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގައި ތަމްރީނު ފުރިހަމަކުރަމުންދިޔަ 34 އަހަރުގެ ފިރިހެން ރެކްރޫޓެކެވެ.
ފުލުހުން ބުނިގޮތުގައި، އޭނާ މާމެ ގެނެސްފައިވަނީ ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށެވެ.
މިއަދު މެންދުރުން ފެށިގެން ފަރުވާ ދެމުން އަންނަ އެ ޒުވާނާގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ.

