މިދިޔަ އަހަރު ފެށި ބަންކަރިންގެ ހިދުމަތުން 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
އެސްޓީއޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް ނަމަވެސް މާލެ ސަރަހައްދުގައި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދަށް އައި ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ލައިނާގެ ކްރޫސްލައިނާއަކަށް އެ ކުންފުނިން ހިދުމަތް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ވިޓޯލްއާ ގުޅިގެން އޯފްޝޯ ހިދުމަތެއްގެ ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތަށް އެސްޓީއޯ އިން ބޭނުންކުރަނީ ދެ ބޯޓެކެވެ.

