ޢަރަފާތު ދުވަހަކީތޯއެވެ!

ތިބާ ވަޒީފާއެއް ހޯދަނީ ހެއްޔެވެ؟ (އެހެންކަމަށްވާނަމަ) ދުވަހަކީ އެއީއެވެ!

ޞިއްޙީ މައްސަލަތަކެއް ހުންނަނީ ހެއްޔެވެ؟ ދުވަހަކީ އެއީއެވެ!

ގޭގައި މައްސަލަތަކެއް އުޅެނީ ހެއްޔެވެ؟ ﷲގެ ހަޟްރަތުގައި އާދޭސް ކުރަންވީ އެ ދުވަހުގައެވެ!

ދަރިއަކު ބޭނުންވަނީ ހެއްޔެވެ؟ ދަރިއަކު ލިބުމުން ތިބާ މަހުރޫމްވެފައި ވަނީ ހެއްޔެވެ؟ ދުވަހަކީ އެއީއެވެ!

އަނބިމީހާ/ފިރިމީހާގެ އާއިލާއާމެދު މައްސަލަ އުޅެނީހެއްޔެވެ؟ ދުވަހަކީ އެއީއެވެ!

ދައްކަން ހުރި ބައިވަރު ދަރަނިތަކެއް ހުރީހެއްޔެވެ؟ ދުވަހަކީ އެއީއެވެ!

ޢަރަފާތު ދުވަހުގެ ދުޢާއިން ހާސިލުވި އަޖައިބު ކުރުވަނިވި ކަންކަމުގެ ވާހަކަ ތިބާ ނިކަން މީހުން ކައިރީގައި އަހާބަލާށެވެ! އެންމެ މޮޅު ދުޢާ އަކީ އަޞުރު ނަމާދާއި މަޣްރިބު ނަމާދާއި ދެމެދުގެ ދުޢާއެވެ.

وَللهِ! އެ ދުވަހު ތިބާއަށް އެކަހެރި ވެވޭނެނަމަ، މިސްކިތަށް ގޮސް މި 3 ގަޑިއިރު ހަމައެކަނި ދުޢާއަށް ހުސްކޮށްލާށެވެ!

ކީއްވެހެއްޔެވެ؟ ރަސޫލާ (ސ.އ.ވ) ހަދީޘް ކުރެއްވިއެވެ. ”އެންމެ ރަނގަޅު ދުޢާ އަކީ އަރަފާތު ދުވަހުގެ ދުޢާއެވެ. އަދި ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުން ވެސް (ޢަރަފާތު) ދުވަހު ކުރެއްވެވި އެންމެ މާތް ދުޢާ އަކީ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ އެވެ.“ -ތިރްމިޛީ –

އެއީ ޢަރަފާތު ދުވަހު ކުރެވޭނެ އެންމެ މާތް ދުޢާއެވެ.

އޭގެ މާނައަކީ އެ ދުވަހު ތިބާއަށް އެހެން ދުޢާއެއް ނުކުރެވޭނެތޯއެވެ؟ ނޫނެކެވެ! ތިބާ ބޭނުން ކޮންމެ ދުޢާއެއްވެސް ކުރާށެވެ! އެކަމަކު މި ދެންނެވުނު ދުޢާ ގިނަގިނައިން ކުރައްޗެވެ.

މިއީ އަލްއުސްތާޛު ބާޖޫ މުޙައްމަދުގެ ދަރުސަކުން ނަގާފައިވާ މަޢުލޫމާތެވެ. ވީޑިއޯ މި ލިންކުން ބައްލަވައިލައްވާށެވެ.

 

 

 

ު

 

 

ެ

 

ެ

 

ަ