ދިވެހިރާއްޖޭގެ ވޯޓާއެކު ޔުނައިޑެޓް ނޭޝަންސް (ޔޫއެން)ގެ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވަރ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދީފފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ އައިއެލްއޯގެ އޮބްޒާވަރ ސްޓޭޓުގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ނިންމި ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށާއި، އެކަމަށް ވޯޓު ދިނުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން ފަހުރުވެރިވާ ކަމަށެވެ.
އައިއެލްއޯގެ މެންބަރުންގެ މެދުގައި ވަނީ ފަލަސްތީނަށް އެ ޖަމިއްޔާގެ އޮބްޒާވަރ ސްޓޭޓެއްގެ ދަރަޖަ ދިނުމާ ގުޅޭ ވޯޓެއް ނަގައިފައެވެ.
އެ ވޯޓުގައި 386 މެމްބަރަކު ވަނީ ފަލަސްތީނަށް އެ ދަރަޖަ ދިނުމަށް ތާއީދުކޮށް ވޯޓު ދީފައެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.
ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވަރ ސްޓޭޓް ދިނުމާ ދެކޮޅަށް 15 މެމްބަރުން ވޯޓު ދިންއިރު 42 މެމްބަރަކު ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

