ރާއްޖޭގެ ބައެއް ހިސާބުތަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓު އެލާޓް ނެރެފިއެވެ.
މެޓުން ވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ.
މޫސުން ލާފާކުރެވޭ ގޮތަށް ބަލާއިރު، މިރޭގެ 8:00 އިން ފެށިގެން މެންދަމު 2:00އާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެއެވެ.
އަދި މިކަމުގެ ސަބަބުން ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

