ދީނީ ސައްޙަ މަޢުލޫމާތު ފެތުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމް ނ. ހެނބަދޫގައި ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ހެނބަދޫގައި ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ވަނީ ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގުރާމުގެ ދަންފަޅިތައް ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރިސާލަތުގެ ދަށުން ތަފާތު އެކި ޕްރޮގުރާމުތައް ކުރިއަށް ގެންދަމުންނެވެ.