ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދަމުންދިޔަ ގ. ކަމަރާގޭ މުހައްމަދު ނަބީލް، 39އ (ޔާޔާ ނަބީލު) ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވުމާ ގުޅިގެން އުމުރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

އޭނާ ވަނީ، 100،000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.

ކުރިމިނަލް ކޯޓުން އެ ހުކުމްކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުންދާ މައްސަލަތަކާ ގުޅިގެން ނަބީލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ތަކުރާރުކޮށް ގެނެސްފައެވެ.

މި މައްސަލައިގައި އޭނާ ކުރިން ވަނީ އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްވެސް ލައިފައެވެ.