ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އާންމުން ތަމްސީލު ކުރައްވާ މެންބަރުގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން، ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބޭފުޅުންގެ ނަންތައް އިއްވާފައެވެ.
އަދި އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ޖޭއެސްސީގައި އާންމުން ތަމްސީލުކުރާ މެންބަރުގެ މަގާމަށް ކުރިމަތިލެއްވީ، އިބްރާހިމް ޒާހިދު، ލިލީމާގެ، ގދ. ވާދޫ، އަހުމަދު އަލީ، ހުޅުމާލެ، ފްލެޓް 01-ޖީ-108، އަލީ އާމިރު، މއ. ޕެންޒީވިލާ، އިދުރީސް ފައުޒީ، ފަހިވާގެ، ލ. ކަލައިދޫ، އަހުމަދު ޝާފިއު، އުދަރެސް، ހއ. އިހަވަންދޫ،ޓޑރ. ހުސައިން ފާއިޒު، ދަފްތަރު ނަންބަރު 1325، ހަސަން ވަހީދު، ރަންކޮކާގެ، ހދ. ކުރިނބި، އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު ރ.ސ. 1851އެވެ.

ޖޭއެސްސީގައި އާންމުންގެ ތެރެއިން އިންނަވާ މެމްބަރުގެ ގޮތުގައި މިހާރު އިންނެވީ ޑރ. އާމިނަތު އުއްމުކުލްސޫމްއެވެ.

ޖޭއެސްސީގައި ޖުމްލަ 10 މެންބަރުން ތިއްބަވާއިރު، އާންމުންގެ ތެރެއިން އިންނަވާ މެމްބަރު އެ މަގާމަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.