ދިވެހިން މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމުގެ ދަންފަޅިއެއް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.

މި ދަންފަޅި ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ.

މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ ”އިސްލާމީ ޝަރީއަތުގައި ހާއްސަ ސިފަތައް – ރައްބާނިއްޔަތު“ މި މައުޟޫއުއަށެވެ.

އިސްރަށްވެހިންގެ ނާދީއާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެން އިސްރަށްވެހިންނަށް ދީނީ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.