މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ފަޒީލު މާދަމާއިން ފެށިގެން ޢެ މަގާމުން ވަކިކުރަން ނިންމީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.
އެއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ބޯޑުން އެޅި ފިޔަވަޅެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އޭނާ މަގާމުން ވަކިކޮށްފައިވާއިރު، އޭނާ ސަސްޕެންޑް ކޮށްފައި ހުންނަތާ ހަތް މަސް ވަނީ ވެފައެވެ. ފަޒީލ ސަސްޕެންޑް ކުރީ މިދިޔަ ޑިސެމްބަރު 19 ވަނަ ދުވަހުއެވެ.
ފަޒީލް ސަސްޕެންޑް ކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި ގުޅޭ ގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އެމްޑަބްލިއުއެސްސީ އިން ކުރިން ބުނެފައިވެއެވެ.

