އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލާފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރާލާފައި ވަނީ، އެ ރަށު އޯކިޑުމާގެ، އަބްދުއްރަހުމާން އާދަމް (65އ)އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ ދަންވަރު 1:50 ހާއިރުއެވެ.
ފުލުހުން ބުނީ އެ މީހާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމެންދާކަމުގެ މައުލޫމާތު ރޭ ދަންވަރު ލިބުނު ކަމަށެވެ.
އެ މީހާގެ މަރުގެ މައްސަލަ ބެލުމަށް މާލެއިން ތަހުގީގު ޓީމެއް ވެސް ވަނީ އެ ރަށަށް ފުރައިފައިކަމަށް ފުލުހުން ބުންޏެވެ.
އޭނާއަށް ބޮޑެތި ޒަހަމްތަކެއް ދީފައި ވަނީ، އޭނާ ނިދާފައި އޮއްވައިކަން ފުލުހުން ދިން މައުލޫމާތުން އެނގެއެވެ.
”އެމީހާއަށް ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައި.“ ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

