ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ”ޗައިނާ ފުލެޓް“ ތަކުގެ ތެރެއިން ފްލެޓެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 94 ވަނަ ފުލެޓްގެ ދެ ވަނަ ފަންގިފިލާގެ 3 ވަނަ އެޕާޓްމަންޓުގައެވެ.
”11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމުގެ މައުލޫމާތު ވަނީ ލިބިފައި.“ އެމްއެންޑީއެފުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން އެ އެޕާޓުމަންޓުގެ ކުޑަދޮރުން ދުން ނުކުންނަ މަންޒަރު ފެނެއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.