މާފަންނު ބަސް ޓާމިނަލް ކައިރިން މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައިވާ ދިޔަ ސައިކަލެއް ޒިބްރާ ކްރޮސްއަކުން މަގު ހުރަސް ކުރި މީހެއް ގައިގައި ޖެހި އަދި އެތަނުން ދަތުރު ކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓްވި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެ މީހުންގެ ހާލުވެސް ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ.

އެކްސިޑެންޓުގައި ނިޔާވީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު އަލްސަން މުހައްމަދެވެ.