މާލޭގައި ރޭ ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ މި އެކްސިޑެންޓްގައި ނިޔާވި 17 އަހަރުގެ އަލްސަން މުހައްމަދުކަމަށް ފުލުހުން ބުނެފިއެވެ.

ރޭގެ އެކްސިޑެންޓު ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގީ ރޭ 8:15 ހާއިރުއެވެ.

އެކްސިޑެންޓުވި އެއް ކުއްޖަކު ޕިކަޕްގެ ދަށަށް ގޮސް ވަތް ތަން ސީސީޓީވީ ފޫޓޭޖުން ފެނެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ކުއްޖާ ނިޔާވިއިރު، އެ ސައިކަލުގެ ފަހަތުގައި އިން އުމުރުން 16 އަހަރުގެ ކުއްޖަކާއި، ކަފިހިހުރަސް މަތިން މަގު ހުރަސްކުރި 40 އަހަރުގެ މީހާއަށް އަނިޔާވެ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.