ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީ ގުޅިގެން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައިވެއެވެ.

ސައުދީން ރާއްޖެއަށް އައު ސަފީރަކު ކަނޑައެޅުއްވީ މިމަހުގެ ހަ ވަަނަ ދުވަހުއެވެ.

ރާއްޖެ އާއި ސައުދީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. ސައުދީ އަކީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.